މި ބަލަނީ ރައީސް ޔާމީން ހައްޔަރު ކޮށްފައި ހުރި ހިސާބަށް ދެވޭތޯ: މުއިއްޒު

މިއަދު އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި ހިންގާ ހަރަކާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް ހައްޔަރު ކޮށްފައި ހުރި ހިސާބަށް ދެވޭތޯ ކުރާ މަސައްކަތެއްކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ މިއަދު މި އިޙްތިޖާޖަކީ ސަރުކާރުން ރައީސް ޔާމީނާ ދެކޮޅަށް ކުރަމުންދާ އަނިޔާ ތަކާދެކޮޅަށް ހިތުގައި އުފެދިފައިވާ ޝުޢޫރުތައް ފާޅުކުރުމަށް ހިންގޭ ހަރަކާތެއްކަމަށެވެ.

ރައީސް ޔާމީނަށް ސިޔާސީ ދަޢުވާކޮށް އެމަނިކުފާނު ނުހައްގުން ޖަލަށް ލީތާ އެއް އަހަރު ފުރިފައިވާއިރު މިއަދާއި ހަމައަށް އައި އިރު އެމަނިކުފާނު މިނިވަން ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް ކަހަލަ އިޖާބައެއް ދީފައި ނުވާކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މުޅި ޤައުމު އެދިގޮވާ ގޮވުމަކީ ރައީސް ޔާމީން މި ޤައުމުގެ ވެރިކަމަށް އެނބުރި ވަޑައިގެން ދެއްވުންކަމަށާއި، މި ޤައުމު މިހާރު ވެއްޓިފައިވާ އަނދަވަޅުން ނަގައިގަނެވޭނީ ޔަޤީނުންވެސް ރައީސް ޔާމީނަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަކީ ޤަައުމުދެކެ ލޯބިވާ ޤައުމުގެ މައްސަލަތައް ހައްލުކޮށްދިނުމުގައި ކާމިޔާބު ހޯދާފައިވާ ލީޑަރެއްކަމަށެވެ.

"އެމަނިކުފާނު ގެންގޮސް ހުރަގޭގައި ބަންދުކޮށްފައި ބަހައްޓައިގެން، މި ޤައުމު ވިއްކާލާ، މި ޤައުމުގެ މިނިވަންކަން ނިގުޅައިގަނެ، މި ޤައުމުގެ މުސްތަޤުބަލް ބަނަކޮށްލައިގެން މިދާދިއުން އަޅުގަނޑުމެންނަށް ބަލަހައްޓައިގެންނެއް ނުއެއް ތިބެވޭނެ" މުއިއްޒު ވިދާޅުވިއެެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ އެއްވެސް ވަރަކަށް އިންސާފާ ހަމައަށް ލޯބިކުރާ ބައެއް ނޫން ކަމަށާއި، އެބޭފުޅުންގެ އެދިލެއްވުމަށް ސަރުކާރުން އެއްވެސް ކަހަލަ އިޖާބައެއް ނުދޭކަމަށެވެ.

މުއިއްޒު ވިދާޅުވީ އެބޭފުޅުންގެ އުންމީދަކީ ރައީސް ޔާމީން މިނިވަންވެސް މި ޤައުމުގެ ވެރިކަމަށް އެމަނިކުފާނު އައުންކަމަށާއި އަދި ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އެމަނިކުފާނު ގެނެސްދެއްވި ތަރައްޤީކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ދަނީ ކަނޑުމަތީގައި އިހްތިޖާޖ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ