ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސައާއި މިނިސްޓަރު މާރިޔާ ބައްދަލުކުރައްވައިފި

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވައިފިއެވެ.

ލަންކާގެ ބޮޑުވަޒީރު ރާޖަޕަކްސައާއި މިނިސްޓަރު މާރިޔާ ބައްދަލު ކުރެއްވީ ލަންކާއަށް މިނިސްޓަރު މާރިޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން މި ސަރަހައްދުގެ ތިން ގައުމު ކަމުގައިވާ ލަންކާއާއި ރާއްޖެއާއި އިންޑިއާ އިން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރާއްޖެ އާއި އިންޑިއާ އަދި ލަންކާގެ މެރިޓައިމް ސެކިއުރިޓީ މަޝްވަރާތައް އަލުން ފެށީ އެ މަޝްވަރާތައް މެދުކެނޑިފައި އޮންނަތާ ހަ އަހަރު ފަހުންނެވެ. އެންމެ ފަހުން އެ މަޝްވަރާ ބޭއްވީ 2014 ވަނަ އަހަރުއެވެ.

ރާއްޖެ-ލަންކާ-އިންޑިއާ އިން އަބަދުވެސް ގުޅިގެން އަސްކަރީ އެކި ތަމްރީންތައް ތިން ގައުމުގައި ވެސް ކުރިއަށް ގެންދެއެވެ. އިންޑިއާ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމުގެ އޮޕަރޭޝަންތަކެއް އިތުރު ކުރުމަށް ތިން ގައުމުގެ މެދުގައި ދަނީ މަޝްވަރާ ކުރެވެމުންނެވެ.

މި ގޮތުން ހަރުކަށި ފިކުރާއި ޓެރަރިޒަމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އިންސާނީ ވަގުފާރީގެ ކަންކަން ހުއްޓުވުމަށް އެކި ފަންތީގައި މަޝްވަރާތައް ގެންގޮސްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ