ސައިކަލަކާއި ކާރެއް ޖެހި ހިނގައިފައިވާ އެކްސިޑެންޓެއް | ފައިލް ފޮޓޯ

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާ ވެއްޖެ

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. ސައިކަލަކާއި ކާރެއް ޖެހި ހިންގި މި ނުރައްކާތެރި އެކްސިޑެންޓްގައި ކުޑަކުއްޖަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.

މި ހާދިސާގައި އެކުއްޖާގެ ބޯ ފަޅައިގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ ހިނގިވަގުތު ސައިކަލް ދުއްވަން އިނީ އަންހެނެކެވެ. އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި މީޑިއާއަށް މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ