ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި "ގެވެށި ގުޅުން" ޖެއްސެވުމަށް ނިންމަވާފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ވިދާޅުވީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހިންގަވާ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރެއްވުމަށްޓަކައި، ލޯގޯއާއި ޝިޢާރު، ކަނޑައަޅުއްވައިފި ކަމަށާއި، އެ ލޯގޯއާއި ޝިޢާރު، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެއްސެވުމަށް ނިންމަވައިފި ކަމުގައި ދަންނަވާ ކަމަށެވެ.
ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރުމަށް ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "ގެވެށި އަނިޔާ ހުއްޓުވާނަން" މިއެވެ. އަދި މި ޝިޢާރު ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ނިޔަލަށް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.



