ޝޯން މެންޑަސް ގެ ފަރާތުން ކަމީލާ އަށް ލޯބި ދަސްވެއްޖެ!

ލަވަ ކިޔާ އާޓީސްޓުންގެ ތެރެއިން ފޭނުންގެ މެދުގައި އެންމެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ ދެ ލޯބިވެރިންނަކީ، ޝޯން މެންޑެސް އާއި ކަމީލާ ކެބޭއޯ އެވެ. އެގޮތުން މި ދެބައިވެރިން އެކުގައި ނެރުނު ލަވަ "ސެނޮރިޓާ" އަކީވެސް ބޮޑު ހިޓެކެވެ.

މި ދެބައިވެރިންގެ ގުޅުމަށް މިހާރު އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ދެބައިވެރިންގެ ދެމެދުގައި އޮތް ލޯތްބަށް އެއްވެސް ހީނަރުކަމެއް ނާންނަކަން މި ދެމީހުންގެ މީސްމީޑިއާ އެކައުންޓުތަކަށް ބަލައިލުމުންވެސް އެނގޭނެއެވެ. އެގޮތުން ކެމީލާ ދާދިފަހަކުން އޭނަގެ އިންސްޓަގްރަމްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ ޝޯންމެންޑަސް އަށް ތައުރީފުކޮށް ޝުކުރު އަދާކޮށްފައެވެ.

ދެމީހުން ބައްދާލައިގެން ހުރެ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ދިގު ކެޕްޝަނެއް ލިޔެފައިވާއިރު، ކަމީލާ ބުނީ، ޝޯން މެންޑެސްގެ ކައިރިން ލޯބި ވަރަށް ރަނގަޅަށް ދަސްވެއްޖެކަމަށެވެ. އެގޮތުން ލޯތްބަކީ އަނދިރީގެ ތެރެއިން އަލިކޮށްދޭ އަލިކަމެއްގެ ގޮތުގައި ސިފަކޮށް، ކަމީލާ ވަނީ ވާހަކަ ދައްކާފައެވެ.

ކަމީލާ އާއި ޝޯން މެންޑަސް އެންމެ ފުރަތަމަ ދިމާވީ 2014 ވަނަ އަހަރުއެވެ. ގިނަ އަހަރުތަކެއް ވަންދެން ރައްޓެހިންގެ ގޮތުގައި ހުރުމަށްފަހު ދެމީހުން ޑޭޓް ކުރަން ފަށައިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި މި ދެމީހުން ރައްޓެހިވެގެން އުޅޭކަމުގެ ޙަބަރުތައް އެންމެ ފުރަތަމަ ފެތުރުނީ، މިދިޔަ އަހަރު ރިލީޒްކުރި މި ދެމީހުންގެ ހިޓް ލަވަ، "ސެނޮރިޓާ" ރިލީޒްވުމަށްފަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ