ޝޯން މެންޑޭސްގެ އައު ލަވަ "ވޮންޑަރ" ބަލައިފިންތަ؟ ވަރަށް ހިތްގައިމު!

ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ "ޝޯން މެންޑޭސް"، މި މަހުގެ 2ގައި ރިލީޒްކުރި އައު ލަވަ "ވޮންޑަރ" ވަރަށްވެސް ހިތްގައިމެވެ.

"ސެނޮރިޓާ"، "ޓްރީޓް ޔޫ" ބެޓާ ފަދަ ރީތި ލަވަތަކެއް ގެނެސްދީފައިވާ، ޝޯން މެންޑޭސްގެ މި އައު ލަވައަކީ، އޭނާ ކުރިއަށް ނެރެން ހަމަޖެހިފައިވާ އަލްބަމްގެ ޓައިޓަލް ލަވައެވެ.

"ވޮންޑަރ" ރިލީޒްކުރިތާ ދެ ދުވަސްތެރޭގައި މިހާތަނަށް ދިހަ މިލިއަނަށްވުރެ ގިނަ މީހުން މިލަވައިގެ ވީޑިއޯ ޔޫޓިއުބުން ބަލާފައިވެއެވެ. އަދި ޔޫޓިއުބްގެ ޓްރެންޑިންގ ހަ ވަނައިގައި އޮތީވެސް މިލަވައެވެ.

ޝޯން މެންޑަސް އެންމެ ބޮޑަށް މަޝްހޫރުކަން ހޯދާފައިވަނީ، އޭނާގެ ލޯބިވެރިޔާ ކަމިލާ ކެބޭޔޯ އާއި އެކު 2018 ވަނަ އަހަރު ނެރުނު ލަވަ "ސެނިއޮރީޓާ" ގެ ކާމިޔާބީއާއެކުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ