މަސް ދޯންޏެއްގެ ހަަބަރެއް ނުވެގެން ހޯދަނީ

ރ. މަޑުއްވަރީއަށް ނިސްބަތްވާ 'މަންފާ' ނަމަކަށް ކިޔާ މަސް ދޯންޏެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.

އެ މަސްދޯނީގެ ވެރިފަރާތުން ބުނީ، މަހަށް ނިކުމެ އުޅުނު އެމަސްދޯނީގެ ހަބަރެއް ނުވެގެން ހޯދަމުންދާތާ މިހާރު ދެ ދުވަސްވެފައިވާ ކަމަށެވެ.

މަސްވެރިކަމަށް ނިކުތް މަސްދޯންޏެއް ގެއްލިގެން ހޯދަމުންދާކަމުގެ ރިޕޯޓެއް ލިބިފައިވޭތޯ ސުވާލުކުރުމުން އެމްއެންޑީއެފް އިން ވިދާޅުވީ، އެ ދޯނީގެ ވެރިފަރާތަށް ކޯސްޓު ގާޑުން ގުޅުމުން، އެ ދޯނި ވާނީ ބޭރު ކަނޑުގައި ކަމަށް ލަފާކުރެވޭކަމަށް ބުނެފައިވާ ކަމަށެވެ. އެމްއެންޑީއެފްގެ އެހީތެރިކަން އަދި ބޭނުން ނުވާކަމަށް ދޯނީގެ ވެރިފަރާތުން ބުނެފައިވާތީވެ، އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދި ނުފަށާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ދޯނީގެ ވެރިފަރާތުން ވަނީ ކަނޑުމަތިން މަންފާ ދޯނީ ފެނިފައިވާ އެއްވެސް ދޯންޏެއް ހުރިނަމަ ވީހާވެސް އަވަހަކަށް 9665671 ގުޅުމަށް އެދިފައެވެ.

އަވަށްޓެރި ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އުފެދުނު "ބުރެވި" ތޫފާން ގެ ސަބަބުން ރާއްޖެއަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ. އެއާއެކު މެޓް އޮފީހުންނާއި އެމްއެންޑީއެފް އިން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
1111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ