ގަމު ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ރައީސް ފައްޓަވައިދެއްވައިފި

ލ.ގަމު ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ލ.ގަމު ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް އިފްތިތާހު ކޮށްދެއްވައިފިވަނީ ހައްދުންމައްޗަށް މިއަދު ކުރެއްވި ދަތުރުފުޅުގައި ލ.ގަމުގައި މިވަގުތު ކުރިއަށްގެންދަވާ ޖަލްސާގައެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު މި އިފްތިތާހުކުރެވުނީ މިރަށާއި އަތޮޅުގެ ތަރައްގީއަށްވެސް ހިންގުނު ވަރަށްމުހިންމު ތިން މަޝްރޫއެއްކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމެއްގޮތުގައި ފާހަގަކުރާނީ ސިއްޙީ ހިދުމަތް ލާމަރުކަޒް ކުރުމުގެ ސިޔާސަތުގެ ދަށުން ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ބަދަލު ކުރުމަށް ގެނެވޭ ބަދަލުތައްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު މިފެށުނު ސީޓީ ސްކޭންގެ ހިދުމަތަކީ ގަމު ރީޖަނަލް ހޮސްޕިޓާލް ޓާރޝަރީ ފެންވަރަށް ގެންދިއުމަށް ކުރެވޭ މަސައްކަތަށް އިތުރުކުރެވުނުކަމެއް ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"މީގެ ސަބަބުން މި ހިދުމަތް ހޯދަން މާލެއަށްނުގޮސް ރަށުގައި ތިބެގެން ނުވަތަ މި އަތޮޅުން ހިދުމަތް ހޯދުމުގެ ފުރުސަތު މި އަތޮޅުގެ ރައްޔިތުންނަށް މިވަނީ ފަހިކޮށްދެވިފައި" ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅިދައްކަވަމުން ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ ގަމުގެ އިތުރުން ސީޓީ މެޝިން ބެހެއްޓިފައިވަނީ އައްޑޫ އެކިއުޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިކަމަށެވެ.

ރައީސް ހައްދުންމައްޗަށް ކުރަށްވި މި ދަތުރުފުޅުގައި ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލުން ވެސް ވަނީ އިފްޠިތާހު ކޮށްދެއްވާފައެވެ. އަދި މި ދަތުރުފުޅުގައި ގަމުގައި ތަރައްޤީކޮށްފައިވާ ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑު ވަނީ އިފްޠިތާޙުކޮށްދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ