ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ކަންނެލި ދޯންޏެއް އަޑިއަށް ގޮސްފިއެވެ.
މަންޒަރު ދުށް ފަރާތަކުން މި ނޫހަށް މަޢުލޫމާތު ދެއްވިގޮތުގައި، އަޑިއަށް ގޮސްފައިވަނީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް، "ކުރި" ނަމަކަށް ކިޔާ ކަންނެލި ދޯންޏެކެވެ.
ދާދި ދެންމެ ހިނގި މި ހާދިސާއާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން މިހާރު ހަރަކާތްތެރިވަމުންދާކަމަށް އެފަރާތުން މަޢުލޫމާތު ދެއްވިއެވެ.

މި ނޫހަށް ލިބިފައިވާ ހާދިސާގެ ފޮޓޯތަކުން ފެންނަގޮތުގައި ކަންނެލި ދޯނި ވަރަށް ބޮޑަށް ދިޔަވެފައިވާއިރު، ޑެކް މަތީގައި ފެންބޮޑުވެފައިވަނީ މަސް ފިނިކުރާ ފޮށީތައްވެސް ހުއްޓައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.