ފްލެޓު ކޮމެޓީއިން މިއަދު ނެރުނު އުސޫލަކީ ދުވަސްނުފުރައި ވިއްސި ދަރިއެއް: ޖަމިއްޔާ

ފްލެޓު ކޮމެޓީއިން މިއަދު ނެރުނު އިއުލާނަކީ ރޭ ހޭލާތިބެ ނަހަލާލަށް ވިއްސި ދަރިއެއްކަމަށް އާއްމުންގެ އެކުވެރި ގުޅުމުގެ ވަގުތީ ރައީސް މިދުއަމް ސިފަކޮށްފިއެވެ.

މިއަދު ފްލެޓު ކޮމެޓީއިން "ދިރިއުޅުމުގެ ހާލަތު" ބަލާ އުސޫލު ވަނީ އާއްމު ކޮށްފައިއެވެ. އެކަމާއި ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން މިދުއަމް ބުނެފައިވަނީ ފްލެޓު ކޮމެޓީއިން ދިރިއުޅުމުގެ ހާލަތު ބަލާ އުސޫލު އިއުލާން ކުރީ އެ އުސޫލު އިއުލާން ނުކޮށް ޕޮއިންޓުދިން މައްސަލަ ބަލަ އާއްމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިމް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވާލި ދުވަހު ފަހުދުވަހުގައި ކަމަށެވެ.

މިދުއަމް ބުނެފައިވަނީ ފްލެޓު ކޮމެޓީއިން މިއަދު ނެރުނު ހާލަތުބަލާ އުސޫލު އެއީ ރައްތިޔުންގެ ޕްރެޝާރ އާއި ކުރިމަތިލާން ނޭނގިގެން ހޭވި ހަޑިއެއް ކަމަށެވެ. އަދި އެއީ ފްލެޓު ކޮމެޓީއިން ހެދި ދޮގެއް ކަމަށް މިދުއަމް ވަނީ ތުހުމަތު ކޮށްފައިއެވެ.

މިދުއަމް ދެންނެވީ ފްލެޓް ކޮމެޓީއަށް "އަތްދޮންނަން" ވަގުތު ދީފައި އާއްމުންގެ އެކުވެރި ގުޅުމުން ބަޔާން ނެރޭއިރު އެގޮތަށް ބުނަން ޖެހުނު ސަަބަބާއި ހެކި ގެނެސްދޭނެ ކަމަށެވެ.
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ހައްޖަ

    ތިފުލެޓް ކޮމެޓީގެވާހަކަނުދެއްކިއްޔާ މާރަންގަޅު ތީދެލޮލެ ނުފެނި ހިތްސެއްނެއް ބުއްދެއް ނެތް ނުކުޅެދިފައޮތް ކޮމެޓީއެއް މިހެންބުނަން ހައްގު މިގައުމުގެ މިފަދަނިކަމެތި ރައިޔަތުން ތިއްބާ ފުލެޓް ދިނީ ފުދުންތެރިންނަށް އަދި މޮޅުކަމަކީ މިއާއިލާއިން 7 މީހުންފުލެޓަށް ފޯމްލާ 90 ހާއި 80 ހާއި ދެމެދުން ޕޮއިންޓް ލިބި އަދި ފުލެޓް ލިބޭނެކަމުގެލިއުންލިބި ފޮނި އުމްމީދުގައި ތިއްބާ ވަގުތީ ލިޝްޓް ނެރުނީ މިލިޝްޓުން ލިބުނު ޕޮއިޓްގެ ބޮޑުމިނަކީ 49 48 ހިތާމަޔަކީ މި7 މީހުންނަށް ފުލެޓް ހައްގުނުވޭ އެކަމަކު އެއްގެޔަކުން 2މީހުން 3މީހުން 4 މީހުނައް ފުލެޓް ލިބިފައެބަހުރި މީދެރަކަމެއް އަޅުގަނޑައް ހީވަނީ މިއާއިލާމީހުން ދިރިއުޅެނީ މުލިޔާގޭގައިހެން

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ