ފްލެޓް ކޮމިޓީގެ ބައްދަުވުމެއް - ފޮޓޯ: ރައީސް އޮފީސް

ފްލެޓް ކޮމިޓީން މުއިއްޒުވެސް އިސްތިއުފާ ދީފި

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ ނައިބު ރައީސް މުހައްމަދު މުއިއްޒު އަދުނާނު އެ ކޮމިޓީން އިސްތިއުފާ ދެއްވައިފިއެވެ.

މުއިއްޒު އިއްޔެ ވިދާޅުވީ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފްލެޓް ކޮމިޓީން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުގައި ނުހައްގުން ދީފައިވާ ފްލެޓްތަކާއި ހައުސިން ޕްރޮޖެކްޓް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، ޙައްޤުވެރި ފަރާތްތަކަށް ފްލެޓްތައް ދިނުމަށްޓަކައި ފަސް މެންބަރުން ހިމެނޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ގެ މެންބަރު އަހްމަދު ތޮލާލް ވެސް ވަނީ މިމަހުގެ ނުވަަ ވަނަ ދުވަހު ކޮމިޓީން އިސްތިއުފާ ދީފައެެވެ.

ތޮލާލް އިސްތިއުފާ ދެއްވުމުން، އިސްތިއުފާ ދެއްވި ދުވަހު، ފްލެޓް ކޮމިޓީއަށް ގާނޫނީ ވަކީލް ތޯހާ މުހައްމަދު އައްޔަން ކުރައްވާފައިވާއިރު، މިހާރު އެ ކޮމިޓީގައި ތިއްބަވާނީ ޝީރީން ނާހިދާ ލަތީފު، ފާތިމަތު ރަޝީދާ، އަލީ ޝުހައިލް މުހައްމަދު އަދި ތޯހާ މުހައްމަދެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ