ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ދޮރުން ދޮރަށް ކެމްޕެއިން ކުރައްވާތީވެ، މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.
ޓްވިޓަރ މެދުވެރި ކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން މިހާރު ދޮރުން ދޮރަށް ފަދަ ކެމްޕޭނުތަށް ކުރުން ހުއްދަ ކުރެއްވީތޯ؟ ސުވާލު ކުރައްވާފައެވެ. އަދި އޭނާ އަކީ ވެސް ކެންޑިޑޭޓަކަށްވާއިރު އޭނާ ހުންނެވީ އެއީ އަދި މިވަގުތަށް މަނާކަމެއްކަމަށް ދެކެ ވަޑައިގެން ކަމަށްވެސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ކެމްޕެއިން ކުރަމުންދާ އިރު ހަމަހަމަ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި މާލޭގައި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ކެމްޕޭނު ފަށައި ދޮރުން ދޮރަށް ކެމްޕެއިނު ކުރަމުން ގެންދަވާ ކަމަށެވެ.
LCE candidate egge haisiyyathun doortodoor fadha campaign kurumuge furusath mihaaru huhdha tho? @ElectionsMv @HPA_MV @ShareefRangondi Alhugandu mihunnanee mee adhi gaanoonee gothun manaa kankankamah dhekigen.MDP candidatun campaign kuramun dhaathee,hamahama furusath dhevvun edhen
— Dr Mohamed Muizzu (@MMuizzu) December 12, 2020
މިހާރު އިއުލާންކޮށްފައިވާ ގޮތުން ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް މަހުގެ ހަވަނަ ދުވަހުއެވެ.



