ސަރުކާރުގެ ބިޔަ ޕްރޮޖެކްޓެއް، ހިޔާ ފްލެޓްތަކުގެ ކުލަ ބަދަލުކުރުން: ޑރ.މުޢިއްޒު

މިސަރުކާރުގެ ބިޔަ ބޮޑު މަޝްރޫޢުއެއް ފުރިހަމަކުރައްވައިފިކަމަށާއި، އެއީ ކުރީ ސަރުކާރުން ޢިމާރާތްކުރި ހިޔާ ފްލެޓްތަކުގެ ކުލަ ބަދަލުކުރުންކަމަށް ވިދާޅުވެ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު މިހެން ވިދާޅުވެފައިމިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ 7000 ޔުނިޓުގެ ފްލެޓްތަކުގެ ކުލަބަދަކުރަން ފަށުމާއި ގުޅިގެންނެވެ.

އެގޮތުން ކުރީ ސަރުކާރުން ފްލެޓްގެ އެކި ޢިމާރާތްކުގައި އެކި ކުލަ ލާފައި ހުއްޓެވެ. ނަމަވެސް އެ ފްލެޓްތަކުގައި މިސަރުކާރުން މިހާރު ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކުލަކަމަށްވާ ރީނފޫ ކުލަ ލާން ފަށާފައެވެ. މިއާއެކު ގިނަ ބައެއްގެ ފަޑުކިއުން ވަނީ އަމާޒުވެފައެވެ. ޑރ.މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުގެ އަނެއް ބިޔަ މަޝްރޫޢު ނިންމާލެއްވީކަމަށާއި، އެގޮތުން ކުރީ ސަރުކާރުން ތަރައްޤީކޮށްފައިވާޕާކް ތަކުގެ ނަން ބަދަލުކުރުމާއި، ފްލެޓްތަކުގެ ކުލަ ބަދަލުކުރުމަކީ އެފަދަ މަޝްރޫޢުތައްކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ