ފޮޓޯ: އެމްއެންޑީއެފް

ބިދޭސީއެއްގެ ފައިގައި ގްރިންޑަރ އަކުން ޖެހި އަނިޔާވެއްޖެ

ތިލަފުށި ބޯޓް ޔާޑްގައި މަސައްކަތްކުރި ބިދޭސީއެއްގެ ފައިގައި ގްރިންޑަރ އަކުން ޖެހި އަނިޔާވެގެން އަވަސް ފަރުވާއަށް މާލެ ގެންގޮސްފިއެވެ.

އެމްއެންޑިއެފް އިން ވިދާޅުވީ ގްރިންޑަރ އަކުން ޖެހި އަނިޔާ ލިބިފައިވަނީ އުމުރުން 24 އަހަރުގެ ބިދޭސީއަކަށްކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 10:25 ހާއިރު ކަމަށާއި އަނިޔާ ލިބުނު މީހާ އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓް ގާޑް ސްކޮޑްގެ އެހީތެރިކަމާއެކު މާލެ ގެންދެވިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަދި މި މީހާ މާލެ ގެންދެވިފައިވަނީ މިއަދު 11:00 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ތަފްސީލް އަންނަނީ..

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ