އިންތިހާބު ބާއްވަން އަދިވެސް އެޗްޕީއޭގެ ހުއްދަ ނުލިބޭ: ޝަރީފު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އަދިވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހުއްދަ ލިބިފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަޙްްމަދު ޝަރީފް އާއި ޙަވާލާދީ "ދަޕްރެސްގައި" ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ބޭއްވުގެ ހުއްދަ އެޗްޕީއޭއިން އަދިވެސް ދީފައިނުވާކަމަށެވެ.

މިއިންތިޚާބު އަންނަ އަހަރުގެ މާރޗްމަހު 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް ޝަރީފް މީގެކުރިންވަނީ ވިދާޅުވެފައެވެ. އެހެންކަމުން އަންނަ ޖެނުއަރީ ފަހެއްގެ ކުރިން ހުއްދަ ލިބުނަސް އިންތިހާބު ބޭއްވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އަންނަ ހަފްތާގައި ހުއްދަ ލިބޭނެކަމަށް އުންމީދުކުރާކަމަށާއި ހުއްދަ ލިބުމާއެކު ވޯޓަށް ތައްޔާރުވާން ފަށާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ހާއްސަ ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު ފަސްކުރިއެވެ. އެ ގާނޫނުގެ ދަށުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވައި ޖެހެއެވެ.

މީގެ އިތުރުން މި ދެ އިންތިޚާބަށް ކުރިމަތީ ގިނަ ފަރާތްތަކެއްގެ ނަން މިހާރު އަނބުރާ ގެންގޮސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އިލެކްޝަންސްއިން މަޢުލޫމާތު ދޭ ގޮތުގައި މިހާތަނަށް 99 ފަރާތަކުންވަނީ މިއިންތިޚާބުގައި ވާދަނުކުރުމަށް ނިންމާ ނަން އަނބުރާ ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ