މަސްވެރިކަމަށް ނިކުމެ އުޅުނު މަސްދޯންޏެއްގައި ހުރި ދިވެއްސެއްގެ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން އެމީހާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެނެސްފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ބުނީ، ހއ. ތުރާކުނުގެ 34 ނޯޓިކަލް މޭލް ބޭރުން މަސްވެރިކަން ކުރަމުންދިޔަ "ކަނޑުމަސް" ދޯނީގައި ހުރި 54 އަހަރުގެ ދިވެއްސެއްގެ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން އެމީހާ ކުޅުދުއްފުއްޓަށް ގެނެސްފައިވާ ކަމަށެވެ.
މިމީހާ ކުޅުދުއްފުއްޓަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފް ނޯދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިރޭ 22:35 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
HA.Thuraakunu ge 34nm beyrun masverikan kuramun dhiya "Kan'dumas" dhoaneegai huri 54 aharuge dhivehi falhuveriehge sihhee haalhathu goasvumaa gulhigen, MNDF NA CG Squadron ge eheetherikamaa eku, mirey 22:35 haairu Kulhudhuffuhtah gengosdheefi. pic.twitter.com/ROm6TXci9X
— Maldives National Defence Force (@MNDF_Official) December 13, 2020
އެމަރޖެންސީ ހާލަތްތަކުގައާއި އަދި ސިއްހީ ކުއްލި ހާލަތްތަކުގައި އެތަނުން އަނެއްތަނަށް މީހުން އުފުލުމުގައި ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފްގެ ސިފައިންނެވެ.