ޒަކާތުގެ ނިޞާބަށް ބަދަލު އަތުވެއްޖެ

09 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6961.50 ( ހަހާސް ނުވަސަތޭކަ ފަސްދޮޅަސް އެއްރުފިޔާ/ ފަންސާސް ލާރި) ކަމުގައި މިނިސްޓްރީ އިން ކަނޑައަޅައިފިއެވެ.

މިގޮތަށް ކަނޑައަޅުއްވާފައިވާ އިރު، 09 ޑިސެމްބަރ 2019 އިން 08 ޑިސެމްބަރ 2020 ވަނަ ދުވަހާ ހަމައަށް ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 4950.40 ( ހަތަރު ހާސްނުވަސަތޭކަ ފަންސާސް ރުފިޔާ/ ސާޅިސް ލާރި) އެވެ.

ދިވެހިރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ. ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެފަދަ ޤައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައަޅުމުގައި ފަޤީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.

ރިހީގެ ނިޞާބުގެ ގޮތުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ޢަދަދަކީ 595 ( ފަސްސަތޭކަ ނުވަދިހަ ފަހެއް) ގްރާމް ކަމުގައި ވާއިރު، ރިހި ގްރާމަކަށް މިހާރު ޖެހޭ ދިވެހި ފައިސާގެ މިންވަރަކީ 11.7 ( އެގާރަ ރުފިޔާ/ ހަތްދިހަ ލާރި) އެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. ބަހުގެގޮތުން ޒަކާތަކީ ޠާހިރުކަމާއި، އިތުރުވެ ގިނަވުމެވެ. ޝަރުޢީ ގޮތުން ބަލާނަމަ، އެއީ، ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ މުދަލަކުން ޝަރުޢީގޮތުން ނެރުން ވާޖިބުވާ މިންވަރެއް ނެރެ، ކަނޑައެޅިފައިވާ ވަކި ޚާއްޞަ ބަޔަކަށް ނުވަތަ ފަރާތަކާ ޙަވާލުކޮށްގެން ﷲ ތަޢާލާއަށް އަޅުވެތިވުމެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުޠު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

ޚަބަރު: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ