ށ. މަރޮށި ހެލްތް ސެންޓަރުގައި ކަރަންޓް ނެތްތާ 3 ދުވަސްވެއްޖެ ކަމަށް އެރަށުން މަޢުލޫމާތު ލިބިއްޖެއެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރޮށި ހެލްތް ސެންޓަރުގައި ކަރަންޓް ނެތްތާ 3 ދުވަސްވެއްޖެ ކަމަށާއި، އެސެންޓަރުގައި ހުރި ވެކްސިންތައް ހަލާކުވާތީ ފާމަސީއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެތަނުގެ ފްރިޖުގެ ޓެމްޕަރޭޗަރ ހުރިގޮތަކާއިމެދު ރައްޔިތުން ސުވާލުކޮށް ނުރުހުން ފާޅުކުރަމުންދާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިއްހީ މަރުކަޒުގައި ޖެހިގެން އުޅެނީ ވައިރިންގ މައްސަލައެކެވެ. މިމައްސަލަ ހައްލުނުވެ ދިގުދެމިގެން ދާތީވެ، އެރަށުގެ ރައްޔިތުންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
މިކަމާގުޅިގެން އެސެންޓަރުގެ ބަހެއް ހޯދުމަށް، އެސެންޓަރު ހިންގުމާއި ހަވާލުވެހުރިފަރާތަށް ގުޅުމުން ފޯނު ނުނަންގަވާތީ، އެތަނުގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ.




