މަރޮއްޓަށް އަރައި ފޭބުން މަނާކޮށްފި

ށ. މަރޮއްޓަށް އަރައި ފޭބުން މަނާކޮށްފިއެވެ.

އެރަށަށް މޮނިޓަރިންގއަށް ލައި ރަށަށް އަރައިި ފޭބުން މަނާކޮށްފައިވަނީ ލ. ނައިފަރު ކްލަސްޓާގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މަރޮށިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ނައިފަރުން އެރަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މަރޮށިން ޕޮޒިޓިވްވި މީހާ ހުރީ ނައިފަރު މޮނީޓަރިން ހާލަތައް ގެނައުމާއެކު މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކަރަންޓީންގައެވެ. އަދި އޭނާ ކަރަންޓީން ކުރެވިފައިވަނީ ނައިފަރުން އައިތާ ދެދުވަސް ފަހުންކަމަށްވެސް މަރޮށި ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް މުހައްމަދު ވަހީދު ފެށުމަށް މަޢުލޫމާތު ދެމުން ވިދާޅުވިއެވެ.

ނައިފަރުން ކޮވިޑަށް ޕޮޒިޓިވްވި ކޭސް އަކާ ގުޅިގެން ނެގި ސާމްޕަލްއަކުން ޅ. ކުރެންދޫން ވެސް މިއަދުވަނީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ވެރިރަށް މާލޭގެ އިތުރުން ރާއްޖޭގެ އެހެނިހެން ރަށްރަށުގައިވެސް މިހާރު ކޮވިޑް-19 ފެތުރެމުން އަންނައިރު، މިބައްޔާއި ގުޅިގެން މިހާރުވެސް ޖުމްލަ 17 ރަށެއްވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައެވެ. އެރަށްތަކަކީ ދ.ކުޑަހުވަދޫ، ރ.އުނގޫފާރު، ދ.މީދޫ، ކ.ހުރާ، ކ.ދިއްފުށި، ޅ.ނައިފަރު، ރ.މަޑުއްވަރި، ހުޅުދުއްފާރު، ޅ.ނައިފަރު، ޅ.ހިންނަވަރު، ރ. އަލިފުށި، ގދ.ތިނަދޫ، ޅ.އޮޅުވެލިފުށި، ނ.ހޮޅުދޫ، ރ.މާކުރަތު، ޅ.ކުރެންދޫ އަދި ށ.މަރޮއްޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ