ހދ. ވައިކަރަދޫ | ފޮޓޯ: ފޭސްބުކް

ވައިކަރަދޫއިން ވެސް ކޮވިޑް ފެނިއްޖެ

ހދ. ވައިކަރަދޫއިން ވެސް ކޮވިޑް-19 ގެ ޕޮސިޓިވް ކޭސްއެއް ފެނިއްޖެއެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް ފެށުމަށް ވިދާޅުވީ، އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖެއްކަމަށެވެ. އަދި 4 ނުވަތަ 5 އަހަރުގެ މިކުޑަ ކުއްޖާ ޕޮޒިޓިވްވެފައިވަނީ ކަރަންޓީނު ފުރިހަމަކޮށް ހެދި ޓެސްޓުން ރޭގެ ވަގުތެއްގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ، މިކުޑަ ކުއްޖާ ކަރަންޓީނުގައި ތިބީ އާޢިލާގެ އިތުރު މެންބަރުންނާއެކު އެކުކަމަށާއި، ޕޮޒިޓިވް ނަތީޖާއާއެކު އެމީހުން މިހާރު ވަކިން ކަރަންޓީނު ކުރެވިފައިވާކަމަށެވެ. ޕޮޒިޓިވްވީ ކުއްޖާ ހިމެނޭ ޢާއިލާގައި އިތުރު ކުޑަކުއްޖަކުވެސް ހޯމް ކަރަންޓީނުގައި ހުރި ކަމަށް ނަސީމް ވިދާޅުވިއެވެ.

"މާތް ﷲ ގެ އިރާދަފުޅާއެކު ޕޮޒިޓިވް ކުއްޖާގެ ހާލު ރަނގަޅު." ނަސީމް ވިދާޅުވިއެވެ.

އަދި މިއީ ވައިކަރަދޫން ފެނުނު ކޮވިޑް-19 ގެ ފުރަތަމަ ކޭސްކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ވައިކަރަދޫން ކޮވިޑަށް ކުއްޖަކު ޕޮޒިޓިވްވިއިރު، މިއަދު ވަނީ ހއ. ކެލާއިން ވެސް ހޯމް ކަރަންޓީނުގައި ތިބި 2 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލްވެފައިވާއިރު، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކައްވެސް މިހާރުވަނީ ބޮޑެތި ލުއިތަކެއްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ