ވައިކަރަދޫ ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވައިފި

ހދ. ވައިކަރަދޫ ކައުންސިލުގެ ރައީސް އަހުމަދު ނަސީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް، ރައީސް ކަމުގެ މަގާމުންނާއި ކައުންސިލަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިއަދުއެވެ.

ނަސީމް ކައުންސިލްކަމުން އިސްތިއުފާ ދެއްވީ ކައުންސިލަރު ކަމަށްް އިންތިހާބުވި ދައުރު ހަމަވެސް، ދައުރަށް އިތުރުކުރެވުނު މުއްދަތުވެސް ހަމަވަން ގާތްވެފައި އޮތުމުންނާއި އެހެން ދާއިރާ އަކުން ކުރިއަށް އޭނާއަށް ކުރިއަށް ދިޔުމަށް ފުރުސަތު ލިބުމުންނެވެ.

އޮންލައިން ނޫސް "ސަން" އަށް ނަސީމް ވިދާޅުވީ، 2014 އިން 2021 އަށް މި ހޭދަވި މުއްދަތުގައިވެސް އޭނާ ދެކުނީ މީހުން ބިނާ ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެ ދާއިރާ އިން ކުރިއަށް ދިޔުމަށް ފުރުސަތު ލިބުމުން ކައުންސިލުން އިސްތިއުފާ ދިނީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
8112
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ