ޝަރީފްއާއެކު އިންތިހާބަށް ދާން އިދިކޮޅު ކޯލިޝަނުން ބޭނުމެއް ނުވޭ

މިހާރުގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އާއި އެކު ލޯކަލް ކައުންސިލް އިންތިހާބައިގެން ކުރިއަށް ދާން ބޭނުން ނުވާ ކަމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ބުނެފިއެވެ.

އެގޮތުން މިއަދު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އީސީގެ ރައީސް ކަމުގެ މަގާމުގައި ޝަރީފް ހުރެއްޖެނަމަ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް އެ ކޯލިޝަނުން ނުދެކޭ ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައިވެސް މަކަރާއި ހީލަތް ހެދީ އީސީ ޝަރީފު އެތަނުގެ ރައީސަކަށް ހުންނަވައިގެން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ޝުޖާއު އިތުރަށް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން އިތުބާރު ކުރައްވަނީ، އީސީގެ ކުރީގެ ރައީސް އަދި މިހާރުގެ މެމްބަރު ފުއާދު ތައުފީގް އަށް ކަމަށެވެ.

މި އަހަރުގެ އޭޕްރިލް މަހު ބާއްވަން ހަމަޖެހުނު ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑުގެ ސަބަބުން ވަނީ ފަސްކުރެވިފައެވެ. މިހާރު އީސީ އިން ތައްޔާރުވަމުން ދަނީ ކޮވިޑްގެ ހާލަތު ރަނގަޅުވެއްޖެނަމަ އަންނަ އަހަރުގެ މާޗް މަހުގައި އިންތިހާބު ބޭއްވުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ