ޢަބްދުﷲ ޖާބިރު - ފޮޓޯ: ވީނިއުސް

125،000 ރުފިޔާ ހަ މަހުން ދައްކަން ޑީއާރުޕީން އެއްބަސްވެއްޖެ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އިލެކްޝަންސް ކޮމިޝަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 125،000 ރުފިޔާ ހަމަސް ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކޯޓުން މި ގޮތަށް ޙުކުމް ކޮށްފައި ވަނީ ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން މިކަމަށް އެއްބަސްވުމުންނެވެ. އެގޮތުން އަންނަ މަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި މި ފައިސާ ދެއްކުމަށް ވަނީ އެއްބަސްވެފައެވެ.

ޑީއާރުޕީ އިން އިލެކްޝަންސް ކޮމިޝަނަށް ޖޫރިމަނާގެ ގޮތުގައި 125،000 ރުފިޔާ ދައްކަން ޖެހެއެވެ. މި ފައިސާއަކީ އީސީއިން އެ ޕާޓީ ތިން ފަހަރެއްގެ މަތިން ޖޫރިމަނާ ކޮށްފައިވާ ފައިސާއެވެ. އެއީ2016 ވަނަ އަހަރު އެޕާޓީގެ އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ކުރި 50،000 ރުފިޔާގެ ޖޫރިމަނާއާއި، 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ކުރި 25،000 ރުފިޔާގެ ޖޫރިމަނާގެ އިތުރުން2017 ވަނަ އަހަރު އޮޑިޓް ރިޕޯޓް އީސީއަށް ހުށަނޭޅުމުން ކުރި 50،000 ރުފިޔާގެ ޖޫރިމަނާއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރުޕީއަށް މި ޖޫރިމަނާ ފައިސާތައް ދެއްކުމަށް ތިން ފަހަރެއްގެ މަތިން މުހުލަތު ދީފައެވެ. ނަމަވެސް އެ ޕާޓީން މި ފައިސާ ދައްކާފައެއް ނުވެއެވެ. އެހެން ކަމުން އީސީން ދެން ދިޔައީ މި ފައިސާ ހޯދުމަށް ކޯޓަށެވެ.

މި މައްސަލަ އީސީއާއި އެއްކޮޅަށް ނިންމައި ޖޫރިމަނާ ފައިސާ ދެއްކުމަށް ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ވަނީ މިދިޔަ ހަފްތާތެރޭގައި ޙުކުމް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ