ތިލަފުށީ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ދެމީހަކު ފިހިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެދެމީހުންގެ ތެރެއިން އެކަކަކީ ދިވެއްސެއް ކަމަށާއި ދެވަނަ އަށް ފިހުނީ ބިދޭސީއެއް ކަމަށެވެ. އޭގެ ތެރެއިން ބޮޑަށް ފިހިފައިވަނީ ދިވެހި މީހާއެވެ. އެދެމީހުންނަށް ވެސް މިވަގުތު ދަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންނެވެ.
ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާ އެމްއެންޑީއެފްގެ ފަޔަރ ލޯންޗުން ކޮންޓްރޯލު ކޮށްފައިވަނީ މިއަދު ހަވީރު 17:37 ގައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، އެ އަލިފާނުގެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހަވީރު 16:39 ހާއިރު ކަމަށެވެ.
އެ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށްވެސް އެމްއެންޑީއެފް ވަނީ ވިދާޅުވެފައެވެ.



