އެމްޑީޕީގެ އަޑުއަހައިގެން ޔޫރަޕްގެ ގައުމުތަކުން ދިވެހި މަސް ގަތުން ހުއްޓާލި: އަބްދުއްރަހީމް

މޯލްޑިވިސް ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އިން ދެއްކި ވާހަަކަތައް އަޑުއަހައިގެން ޔޫރަޕްގެ ގައުމުތަކުން ދިވެހި މަސް ގަތުން ހުއްޓާލި ކަމަށް ޕީއެންސީގެ ރަައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ކާނިވަލް ސަރަހައްދުގައި "ވިސްނާ" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި އެމްޑީޕީގެ ވާހަކަތައް އަޑުއަހައިގެން ޔޫރަޕްގެ ގައުމުތަކުން ދިވެހި މަސް ގަތުން ހުއްޓާލި ކަން ފާހަގަކުރައްވަމުން އެބޭފުޅާ ވިދާޅުވީ، އަލުން އެކަން ފަށާނީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ކަންކަމަށް ރާއްޖޭގައި ފުރުސަތު ހުޅުވާލުމުން ކަމަށް ބުނެ އެކަމަށް ޝަރުތުކުރި ކަމަށެވެ.

އެމްޑީޕީ ވެރިކަމަށް އައިސް ރާއްޖެ-ޗައިނާ ވިޔަފާރި އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލުމަކީ ދިވެހި މަސްވެރިން ހާލުގައި ޖެހެން މެދުވެރިވި ހަގީގީ ސަބަބު ކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖެ-ޗައިނާ ވިޔަފާރި އެއްބަސްވުމަށް އަމަލުކުރެއްވި ނަމަ، މިއަދު މަސްނުކިރިގެން މަސްވެރިން ހާލުގައި ނުޖެހުނީސް ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި މަސްވެރިން ބާނާ މަސް ކިރުމުގައި ދަތިތަކާއި ދިމާވާތީ މަސްވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ. މަސްވެރިންގެ އުދާސްތައް އަޑުއަހައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރޭ ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ