ރަޝިއާގެ މަސްބޯޓެއް އަޑިއަށްގޮސް އޭގެން ދަތުރުކުރި ގިނަ ބަޔަކު ގެއްލިއްޖެ

ރަޝިއާގެ މަސްބޯޓެއް ބަރެންޓްސް ކަނޑަށް އަޑިއަށް ގޮސް އޭގެން ދަތުރުކުރި 19 ފަޅުވެރިންގެ ތެރެއިން 16 ފަޅުވެރިން ވީނުވީތަނެއް ނޭންގި ގެއްލިއްޖެއެވެ.

މިހާދިސާ ހިނގި ވަގުތު އެސަރަހައްދުން ދަތުރުކުރަމުން ދިޔަ އެހެން ބޯޓަކުންވަނީ އަޑިއަށްދިޔަ މަސްބޯޓުގެ ދެ ފަޅުވެރިން ހޯދައިފައެވެ. މި ދެ ފަޅުވެރިންގެ ތެރެއިން އެކަކު ދިރިހުއްޓާ ސަލާމަތް ކުރެވިފައިވާއިރު އަނެއް ފަޅުވެރިއާ ފެނުނު އިރުވެސްވަނީ މަރުވެފައެވެ.

މަސްބޯޓުން ގެއްލުނު 16 ފަޅުވެރިން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު މިމީހުންގެ ފުރުސަތު ވަރަށް ހަނިކަމަށް ރަޝިއާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މައުލޫމާތު ލިބޭގޮތުގައި ބޯޓު އަޑިއަށްދިޔައީ ބޯޓުގައި ގަނޑުފެން ހެދި ބޯޓު ބަރުވެގެންނެވެ.

ބޯޓު އަޑިއަށްދިޔަ ސަރަހައްދުގެ ފިނިހޫނުމިން ހުރީ މިހާދިސާ ހިނގިއިރު 22- ގައެވެ. މީގެއިތުރުން އެވަގުތު އެސަރަހައްދުގެ މޫސުންވެސް ވަރަށް ގޮސްކަމަށް ރަޝިއާގެ ލޯކަލް މީޑިއާތަކުން މައުލޫމާތު ދެއެވެ.

މީގެކުރިންވެސް މިސަރަހައްދުގައި މިފަދަ ހިތާމަވެރި ހާދިސާތައްވަނީ ހިނގައިފައެވެ. މިގޮތުން 2015 ވަނަ އަހަރު ހިނގި މިފަދަ ހާދިސާއެއްގައި 56 މީހުން މަރުވެފައި ވެއެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ