އައްޑޫ ސިޓީ މަރަދޫ ރޫޓް ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިިފިއެވެ.
ފުލުހުން ވިދާޅުވީ، ރޫޓް ފިހާރަ ފަޅާލައި އެފިހާރައިން ވައްކަން ކޮށްފައިވާ ކަމުގެ ރިޕޯރޓް ލިބިފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައިކަމަށެވެ.
އަދި އެފިހާރައިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެއީ ކިހާ ފައިސާއެއްކަމަށް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
މީގެކުރިން މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ރުފިޔާތަކެއް މަގުމަތިން ފޭރެން އުޅެނިކޮށް ހުއްޓުވައި އެކަން ނާކާމިޔާބު ކޮށްލައިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. 2020 އޮކްޓޫބަރު 25 ވަނަ ދުވަހުގެ 11:40 އެހާކަންހާއިރު ހިނގި މިހާދިސާގައި ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަންނަށް ވަގުންވަނީ މަސައްކަތްކޮށްފައެވެ.



