ހުޅުމާލޭގައި ހަތަރު މީހުންގެ ގުރޫޕަކުން މީހަކަށް ހަމަލާދީ އެމީހާ ޒަހަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތަރު މީހުންގެ ގުރޫޕަކުން ހަމަލާދީފައިވަނީ، ހުޅުމާލެ ރަށު މާރުކޭޓު ސަރަހައްދުގައި ހުރި ކޮންސްޓުރަކްޝަން ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީއަކަށެވެ.
މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެއްނަ ގޮތުގައި ހަމަލާދީ ޒަހަމްކޮށްލި މީހާގެ ފައިގައި ލޭގެ އަސަރު ފެއްނަން ހުއްޓެވެ. އަދި އެމީހާގެ ވަށައިގެން ގިނަ އަދަދެއްގެ ބަޔަކު ތިބޭތަންވެސް ފެއްނަން ހުއްޓެވެ.
ފުލުހުން ދެންމެ ވިދާޅުވީ، ބިދޭސީއަކަށް ހަމަލާދީ އޭނާގެ ފޯނާއި ވޮލެޓް ފޭރިގަނެފައިވާ މައްސަލައެއް މިރޭ ހުށަހެޅިފައިވާ ކަމަށެވެ. އަދި ބިދޭސީ މީހާއަށް މިހާރު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
ބިދޭސީންނަށް އަމާޒުކޮށް ބަޔެއް ފަރާތްތަކުން ލާއިންސާނީ އަމަލުތައް ހިނގާ އެބައިމީހުންނަށް ފުރައްސާރަކުރުމުގެ އަމަލުތައް ރާއްޖޭގައިވެސް މަދުނޫން އަދަދަކަށް ހިނގައެވެ. މީގެތެރެއިން ބަޔެއް މައްސަލަތައް މީގެކުރިންވެސް ފުލުހުންނަށް ހުށަހެޅި ފުލުހުންވަނީ މިފަދަ މައްސަލަތައް ބަލައިފައެވެ.





ހިޔާލު
kobaitha ali wisam