އައްޑޫގައި ހިންގި މާރާމާރީއެއް 7 މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއް 7 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިމާރާމާރީ ހިންގާފައިވަނީ އައްޑޫ ސިޓީ، ފޭދޫ ކުޑަކުދިންގެ ޕާރކް ސަރަޙައްދުގައި ކަމަށެވެ. އަދި ދެ ގްރޫޕެއްގެ ދެމެދު ހިންގި މިމާރާމާރީގެ ރިޕޯރޓް ލިބިފައިވަނީ މިރޭ 18:30 ހާއިރުކަމަށްވެސް ވިދާޅުވިއެވެ.

އަދި މިމާރާމާރީގައި 7 މީހަކަށް އަނިޔާވެފައިވާއިރު، އޭގެތެރެއިން ބައެއް މީހުންނަށް ފޭދޫ ހެލްތު ސެންޓަރުގައި އަދި އަނެއްބައި މީހުންނަށް ހިތަދޫ ހޮސްޕިޓަލްގައި މިހާރުދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަޙުޤީޤުކުރަމުންނެވެ.

އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދު މިރޭ މާރާމާރީ ހިންގާފައިވާއިރު، ވެރިރަށް މާލޭގައިވެސްވަނީ މިއަދު މާރާމާރީއެއް ހިންގާފައެވެ. ލޮނުޒިޔާރަތްކޮޅުގައި ބައެއްގެ މެދުގައި ހިންގި މި މާރާމާރީގެ ރިޕޯރޓް މިއަދު 17:55 ލިބުމާއި ގުޅިގެން އެސަރަޙައްދަށް ފުލުހުން ދިޔައިރު މާރާމާރީ ހިންގި މީހުން އެސަރަޙައްދު ދޫކޮށް ގޮސްފައިވާކަމަށްވެސް ފުލުހުންވަނީ މަޢުލޫމާތު ދީފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ