ސީ އެމްބިއުލާންސް އަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މ. މުލިން ފުރައިގެން މާލެއަށް ދަތުރު ކުރި ސީ އެމްބިއުލާންސް ލޯންޗްއަކާއި، މާލެ އިން ފުރައިގެން ދަތުރު ކުރި ލޯންޗެއް އެކްސިޑެންޓްވެ ބައެއް މީހުންނަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މ.މުލިން ފުރައިގެން މާލެ ދަތުރުކުރި ސީއެމްބިއުލަންސް ލޯންޗަކާއި މާލެ އިން ފުރައިގެން ދަތުރުކުރި އެހެން ލޯންޗެއް އިތާފުށި ރިސޯޓު ކައިރިން ކަނޑުމަތިން އެކްސިޑެންޓުވެ ދެ ލޯންޗުގައި ތިބި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ އެކެއް ޖެހިހާއިރު ކަމަށާއި، މި ހާދިސާ ހިނގި އިރު ސީއެމްބިއުލަންސް ލޯންޗުގައި އަށް މީހުން ތިބި ކަމަށާއި އޭގެ ތެރެއިން ދެ މީހަކައަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެކްސިޑެންޓްވި އަނެއް ލޯންޗުގައި ދެ މީހުން ތިބި ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އޭގެ ތެރެއިން އެ ލޯންޗު ދުއްވަން ހުރި ކެޕްޓަނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ