ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސް ދުވަސްވަރެއް ކަމުން ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ގައުމީ ދިފާއީ ބާރު އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް މޫސުން ގޯސް ދުވަސްވަރެއް ކަމަށާއި، ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

މިދުވަސްވަރު ކަނޑު ދަތުރު ކުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު އޮޅުން ފިލުވުމަށް އަދި ދަތުރުކުރާ އުޅަނދުގައި މުއާސަލާތީ ގުޅުމާއި، ލައިފް ޖެކެޓުފަދަ ރައްކާތެރިކަމަށް ބޭނުންވާ އަލާމާތްތައް ހުރިތޯ ބަލުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ.

މީގެއިތުރުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅަން އެމްއެންޑީއެފުން އެދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ