ސްޕްރީމް ކޯޓު ސަރަހައްދު | ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ޖޭސްސީން ކުރި އިއުލާނުގައި ވަނީ މި ފެށޭ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 30 އަހަރުވެފައިވާ މީހެއް ކަމުގައި ވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއި ފަނޑިޔާރު/ގާނޫނީ ވަކީލު ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުންނަ މީހެއް ކަމުގައި ވާންޖެހޭނެ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
އަދި ސިޔާސީ ޕާޓީއެެއްގަ އާއި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމާއި ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

ޖޭއެސްސީން ވަނީ ފަނޑިޔާރުކަމުގެ އެޕްލިކޭޝަން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ