އައްޑޫ ފްލައިންގް ސުކޫލުގައި ގަނާކޮށް ފުރައްސާރަ ކުރާ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީ އިން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ޖެންޑަރ މިނިސްޓްރީ އިން ބުނީ، އައްޑޫ ސިޓީގައި ހިންގަމުން ގެންދާ ފްލައިންގ ސްކޫލް "އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް"ގައި ކިޔަވަމުންދާ ކުދިންނަށް ގަނާކޮށް ފުރައްސާރަކުރަމުންދާ މައްސަލަ ބަލަމުންދާ ކަމަށެވެ.
އައްޑޫ ފްލައިންގް ސުކޫލުގައި ކިޔާ ދަރިވަރުންގެ ކަންބޮޑުވުމާއި، ޝަކުވާ ހިމެނޭ އެ ސިޓީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވަނީ ޖެންޑަރ މިނިސްޓްރީ އާއި ހިއްސާކޮށްފައި ކަމަށްވެސް ބުންޏެވެ.
އެ ސިޓީގައި ބަޔާންކުރާ ގަނާކުރުމާއި ފުރައްސާރަކުރުމުގެ މައްސަލަތައް މިނިސްޓްރީން އަންނީ ބަލަމުން ކަން ފާހަގަކުރަމުން ޖެންޑަރ މިނިސްޓްރީ އިން ބުނީ، އެ ސިޓީ މިނިސްޓްރީއަށް ލިބިފައިވަނީ ހުސްވި ޑިސެންބަރު މަހުގެ 27ގައި ކަމަށެވެ.
މީގެ ކުރިންވެސް ވަނީ އައްޑޫ ފްލައިންގް ސުކޫލާއި ގުޅޭ އެކި ޝަކުވާތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައެވެ.




