ފޮޓޯ: މޯލްޑިވްސް ޓުޑޭ

ރައީސް ޔާމީން އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމް ކުރުން މިމަހު 14 އަށް ތާވަލްކޮށްފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ޙުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މި މަހުގެ 14 ދުވަހު އިއްވުމަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ޔާމީންގެ މައްޗަށް ކުއް ސާބިތުވާކަމަށް ހުކުމް ކޮށްފައިވަނީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހުކުމްގައި ބުނެފައިވަނީ އިސްލާމިކް ބޭންކްގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ދެ ފަހަރައްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށާއި، އަދި އެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދާފައިވާ ކަމަށެވެ.

އަދި އެމައްސަލަ ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓުން އިސްތިއުނާފުގެ ޝަރީއަތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ނިންމާލާފައެވެ.

ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މި މަހުގެ 14 އަށް ތާވަލްކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގެ އިތުރު ދައުވާ އަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ