އިޓަލީއާއި ފަރަންސޭސިވިލާތުގައި "ވިޒިޓް މޯލްޑިވްސް ވީކް" ފަށައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ސަޤާފަތާއި ތަފާތު ތަޖްރިބާތައް ދައްކުވައިދޭ "ވިޒިޓް މޯލްޑިވްސް ވީކް" އިޓަލީއާއި ފަރަންސޭސިވިލާތުގައި ފަށައިފިއެވެ.

ވިޒިޓް މޯލްޑިވްސް ވީކްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 12 ކުންފުންޏަކުން 18 މަންދޫބުން ބައިވެރިވެއެވެ.

އިޓަލީގައި މި ރޯޑްޝޯ ބާއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ރޯމްގައި އަދި 15 ވަނަ ދުވަހު މިލާނުގައެވެ. ފަރަންސޭސިވިލާތުގައި ރޯޑްޝޯތައް ބާއްވާނީ މިމަހުގެ 19 ވަނަ ދުވަހު ލިއޯންގައި އަދި 20ވަނަ ދުވަހު ޕެރިހުގައެވެ.

މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަމާއި މުއްސަނދި ސަޤާފަތާއި ތަދާތު ތަޖުރިބާތައް ދައްކުވައިދީ ޔޫރަޕްގެ މުހިންމު 2 މާކެޓްގައި ދިވެހިރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމެވެ. މީގެއިތުރުން މި ރޯޑްޝޯތަކުން އިންޑަސްޓްރީ ޕާޓްނަރުންނަށް އައު ޕާޓްނަރޝިޕްތައް އުފެއްދުމުގެ ފުރުސަތު ހޯދައިދީ މިހާރު އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް ރާއްޖެއާއި ބެހޭ މައުލޫމާތު ހިއްސާކުރުމުގެ މުހިންމު ޕްލެޓްފޯމެއް ޤާއިމްކުރުމަކީވެސް އަމާޒެކެވެ.

މި ހަރަކާތުގައި ރާއްޖޭގެ ހިތްގައިމުކަން ދައްކާލުމުގެ ގޮތުން އިޓަލީއާއި ލިއޯންގައި އިންޓަރެކްޓިވް ކުއިޒްއަކާއި ވޯކްޝޮޕްއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕެރިހުގައި މީޑިއާ ކޮންޕޯނެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރޯޑްޝޯތަކުގައި ބީޓުބީ ބައްދަލުވުންތަކާއި ނެޓްވޯކިންގ އަދި ޑެސްޓިނޭޝަން ވޯކްޝޯޕްތައް މެދުވެރިކޮށް އިންޑަސްޓްރީގެ ފަރާތްތައް ހަރަކާތްތެރިވެ އަގުހުރި ގުޅުންތައް އުފައްދައި ހިތްގައިމު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ