އިދިކޮޅު އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި އިހްތިޖާޖްގެ ތެރެއިން ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓު ކުރިމަތީގައި އިދިކޮޅުން އިއްޔެ ކުރިއަށް ގެންދިޔަ އިހުތިޖާޖާއި ގުޅިގެން ފަސް މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން މިއިހްތިޖާޖް ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތުއެވެ.

ޙައްޔަރުކުރި މިފަސް މީހުންވެސް ކޯޓަށް ނުގެންގިސް މިއަދު ދޫކޮށްލީ ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތުމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ވިދާޅުވީ އެ މައްސަލާގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ.

އިއްޔެ ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ދެ ކައުންސިލް މެމްބަރުން ވެސް ހިމެނެއެވެ.

https://feshun.wonstasite.com/107900

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ