ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޖޮބް ސެންޓަރުން ބުނީ، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެލަވަންސަށް ހުޅުވާލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި ފޯމް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ މިހަނގާ ޖެނުއަރީ މަހުގެ 31 ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ރިލީފް ޕެކޭޖުގެ ދަށުން ސަރުކާރުންވަނީ ފަރުދުން އަދި ގޭބީސީތަކުގެ އިތުރުން ވިޔަފާރިތަކަށްވެސް އެހީތެރިވުމަށް ނިންމާފައެވެ.

މިހާތަނަށް އިންކަމް ސަޕޯޓް އެލެވެންސް 17,147 މީހަކަށް ދީފައި ވާއިރު، މި އެލެވެންސް ދިނުމަށް 221.1 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 51,157 އެޕްލިކޭޝަނަކަށް ވަނީ ފައިސާ ޖަމާކޮށްފައެވެ.

ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވިޔަފާރިތަކުންވަނީ ފުޅާ ދާއިރާއެއްގައި މީހުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކޮށްފަ އެވެ. މިކަމުގެ ސަބަބުން އެތަކެއް ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަނީ އަސަރުކޮށްފަ އެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޮވިޑް-19 އާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ. އިންކަމް ސަޕޯޓް އެލަވެންސް ގޮތުގައި ދޫކުރަނީ މަހަކު 5،000 ރުފިޔާ އެވެ. އަދި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް، އުނިކޮށްފައިވާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5،000 ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ 5،000 ރުފިޔާ އިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު އެލެވެންސްގެ ގޮތުގައި ލިބޭނެއެވެ.

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުގެނެސް، 2020 ވަނަ އަހަރު ނިމެންދެން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރާގޮތަށް ސަރުކާރުންވަނީ ހަމަޖައްސާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ