ފައުޒާންގެ ޤުރުބާނީން ޤައުމު ރޮއްވާލައިފި: ރައީސް

އިއްޔެ ފުވައްމުލަކު ސިޓީގައި މޫދަށް އެރި އުޅެނިކޮށް ގެނބެމުން ދިޔަ ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެނބިގެން ނިޔާވި އަޙްމަދު ފަޢުޒާން ވީ ޤުރުބާނީން ޤައުމު ރޮއްވާލައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފައުޒާން ދެއްކި ހިތްވަރަށް ގިނަ ބަޔަކު ތަޢުރީފުކޮށް އޭނާ އަކީ ހީރޯއެއްކަމަށް ބުނަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އޭނާ ދެއްކި ހިތްވަރަށް ތަޢުރީފު ކުރައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވެފައި ވަނީ އަޙްމަދު ފައުޒާން އަޅުގަނޑުމެންނާ ވަކިވެގެން އެ ދިޔައީ ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ދައްކުވައިދީފައިކަމަށާއި އޭނާގެ އެ ޤުރުބާނީން ޤައުމު ރޮއްވައިލާފައިކަމަށެވެ.

"އަޅުގަނޑުގެ ދުޢާއަކީ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން" ރައީސް ވިދާޅުވިއެވެ.

ރައީސްގެ އިތުރުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ފައުޒާންގެ މަސައްކަތަށް ތަޢުރީފު ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ފަޢުޒާން ވަކިވެ ދިޔައީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތު ކަމުގެ ފުރިހަމަ ނަމޫނާ މުޅި ޤައުމަށް ދައްކުވައިދީފައިކަމަށެވެ.

ރައީސް ނަޝީދު ވަނީ ފަޢުޒާންގެ އާއިލާއަށް ކުރިމަތިވި މި ހިތާމައިގައި އާއިލާއަސް އިޚްލާސްތެރި ތަޢުޒިޔާ ދަންނަވާ، މަރްޙޫމާއަށް ސުވަރުގެ މިންވަރު ކޮށްދެއްވުން އެދި ދުޢާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ