މަސްވެރިޔަކު ހާލުދެރަވެ އަވަސް ފަރުވާއަށް ގެންނަނީ!

މަސްވެރިކަމަށް ނިކުމެ އުޅު ދޯންޏެއްގައި ހުރި ޒުވާނަކަށް އަވަސް ފަރުވާ ދިނުމަށް އޭނާ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ އަވަސް ފަރުވާއަށް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ ގއ.ހިތަދޫ ކައިރިން އެންދަމަން އުޅުނު "މަސް ހަޒާނާ 5" ދޯނީގައި ހުރި ދިވެހި ފަޅުވެރިއަކަށް ކަމަށެވެ. އަދި އޭނާއަށް ދިމާވި ކުއްލި ސިއްހީ މައްސަލަ އަކާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު، ގއ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމީހާއަށް ދިމާވީ ކޮންކަހަލަ ސިއްހީ މައްސަލައެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ބޮޑެތި އަނިޔާތައް މަދުން ނަމަވެސް ދަނީ ލިބެމުންނެވެ. އެގޮތުން މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ލޮލަށް ބުޅި ހެރުމާއި ކޮނޑުހުޅުން ނެއްޓުންފަދަ ކަންކަން މަދުންނަމަވެސް ދަނީ ދިމާވަމުންނެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މިސޓަރ ލީ1

    އެމްއެންޑީއެފް އިން ބުނީ (ގޯސް)
    އެމްއެންޑީއެފުން ބުނީ (ރަނގަޅު ގޮތް)

    ޓިޕް: އެމްއެންޑީއެފްއަކީ މުއައްސަސާއެއް. މުއައްސަސާ ނުވަތަ ތަނަކަށް ވިދާޅެއް ނުވެވޭނެ. ވިދާޅުވެވޭނީ މީހުންނަށް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ