މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބ. މާޅޮހުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން އެހީތެރިވާން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުން މިގެންދާ ވިއްސާރައިގައި މާޅޮހުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
މާޅޮސް ކައުންސިލް އިދާރާއާއި ގުޅިގެން މިހާރު ދަނީ އެރަށުގައި ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ޤައުމީ ދިފާއީ ބާރުން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންގެންދާ ވިއްސާރައިގެ ސަބަބުން މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 12:00 އަށް ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފައެވެ.



