ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ މޯލްޑިވިސް ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އަށް ލިބުމުންވެސް އައްޑޫއަށް ދިން އެއްޗެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
... ޕާޓީގެ ބޮޑުން، މަޖިލީހުގެ އެންމެ މަޤާމެއްވެސް އައްޑޫ ރައްޔިތަކަށް ނޫނީ އާންމު މީހަކަށް ދުލެއްނުކުރި. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްޤީ. އެމްޑީޕީގެ ހަމައެކަނި ރަމްޒަކީ ވީރާނާކުރުމާއި ފްލައިން ސްކޫލް. 2/2 pic.twitter.com/1jR9zCbPHZ
— Mohamed Jameel Ahmed (@MJameelAhmed) January 12, 2021
އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ މަތީ މަގާމުތަކުގައި ތިއްބެވި ބޮޑުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަގާމެއްވެސް އަދި އެމްޑީޕީގެ އެތެރޭގެ އެއްވެސް މަގާމެއްވެސް އައްޑޫ ރައްޔިތަކަށް ދޫނުކުރެއްވި ކަމަށެވެ. އައްޑޫ އިން ފެންނަން އޮތީ ރައީސް ޔާމީންގެ ތަރައްގީ ކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އައްޑޫއަށް ލިބުނީ ވީރާނާ ކަމާއި ފްލައިން ސުކޫލް އެކަނި ކަމަށެވެ.
ޖަމީލް އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު ނަމަވެސް، ރާއްޖެއަށް ހާއްސަކޮށް އައްޑޫ އެންމެ ލާރިއެއްވެސް ނުލިބޭ ކަމަށެވެ.
ކޮންމެ އިންތިޚާބަކަށް އެމްޑީޕީން ޖަހަނީ އެއް ލަވައެއް، އެކަމަކު މިދިޔަ 2 އަހަރު ޤަޢުމްވީ ފަޤީރު. ވެރިކަމާއި މަޖިލިސް ލިބުނަސް ރާއްޖެއަށް، ޚާއްޞަކޮށް އައްޑޫއަށް އެންމެ ލާރިއެއްވެސް ނުލިބުނު. ވަޒީފާ/ޕާޓީ މަޤާމެއް ނުދިން، އެކަމަކު ރައީސް @ibusolih ގެ އާއިލާއަށް ހުރިހާ މަޤާމެއް 1/2
— Mohamed Jameel Ahmed (@MJameelAhmed) January 12, 2021
ކޮންމެ އިންތިހާބަކަށްވެސް އެމްޑީޕީ އިން ޖަހަނީ އެއް ލަވައެއްކަން ފާހަގަކުރައްވަމުން ޖަމީލު ވިދާޅުވީ، ވަޒީފާތަކާއި ޕާޓީގެ ހުރިހާ މަގާމުތަކެއް ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އާއިލާ ބޭފުޅުންނަށް ކަމަށެވެ.




