ބޯވިއްސާރައާއިއެކު މާލޭ ފުށްގުދަން ސަރަހައްދުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މާލެ ސިޓީއަށް ވަރަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފުށްގުދަން ސަރަހައްދުގައި ފެންބޮޑުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެސްޓީއޯ ފުށްގަދަން ހުންނަ ސަރަހައްދުގައި ފެންބޮޑުވެފައިވާ ކަމަށެވެ. ފުށްގުދަން ސަރަހައްދުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމެންޓް އިން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިިއްސާރާގައި މިއަދު ހެނދުނު ވަނީ ބ. މާޅޮހުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފެން ހިއްކަދިނުމުގައި އެހީތެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ