މޮނިޓަރިންގެ ޙާލަތުގައިވާ ރަށްތަކުން އައްޑޫ ސިޓީއަށް ދަތުރުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދަނީ!

މޮނިޓަރިންގެ ޙާލަތުގައިވާ ރަށްތަކުން 1 ޖަނަވަރީ 2021ގެ ފަހުން އައްޑޫ ސިޓީ އަށް ދަތުރުކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިޢުލާންކޮށްފިއެވެ.

އެކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާންގައި ބުނެފައިވަނީ، 12 ޖެނުއަރީ 2021 ގެ ނިޔަލަށް މޮނިޓަރިންގެ ޙާލަތުގައިވާ ރަށްތައްކަމަށްވ ގއ.ދެއްވަދޫ، ލ.ގަން އަދި ލ.ފޮނަދޫއިން ކަނޑުމަގުން އަދި ވައިގެ މަގުން ވިޔަސް، އައްޑޫސިޓީއަށް 01 ޖަނަވަރީ 2021 ގެ ފަހުން ދަތުރުކޮށްފައިވާ ފަރާތެއްވާނަމަ، ލަސްނުކުރައްވާ އެރަށެއްގެ އެސް.އެސް.ޑީ އަށް އެންގެވުން އެދޭކަމަށެވެ.

އެސް.އެސް.ޑީ ގެ ނަމްބަރު

  1. ހިތަދޫ އެސް.އެސް.ޑީ – 7789042
  2. މަރަދޫ އެސް.އެސް.ޑީ – 7789043
  3. މަރަދޫ ފޭދޫ އެސް.އެސް.ޑީ – 7789045
  4. ފޭދޫ އެސް.އެސް.ޑީ – 7789044
  5. ހުޅުދޫ އެސް.އެސް.ޑީ – 7789046
  6. މީދޫ އެސް.އެސް.ޑީ – 7789041

އެކައުންސިލުން ބުނެފައިވަނީ މިކަމަކީ ރާއްޖޭގެ ރަށްތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުން އައްޑޫ ސިޓީގެ ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްކަމަށެވެ. އަދި މިފަދަ ކަންތައްތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެކައުންސިލުންވަނީ ޝުކުރު އަދާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ