އަނަސް އަބްދުއްސައްތާރު - ފޮޓޯ: އެމްޑީޕީ ސެކްރެޓޭރިއޭޓް

"މާލެ ރައްޔިތުންނަށް ދުއްތުރާ ކުރުން ނޫންކަމެއް މުއިއްޒު ނުކުރައްވާ!"

ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު މާލެ ރައްޔިތުންނަށް ދުއްތުރާ ކުރުން ނޫންކަމެއް ނުކުރައްވާ ކަމުގައި މާލެ ސިޓީގެ މޭޔަރ ކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

މުޢިއްޒުއަށް ފާޑު ވިދާޅުވެ އަނަސް މިއަދު ކުރެއްވި ޓްރީޓެއްގައި ވިދާޅުވެފައި ވަނީ 7 އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވީ ލާމަރުކަޒީ ޤާނޫނަށް ބަދަލު ގެނެސް ބާރުތައް ނަންގަވައިގެންކަމަށާއި، މާލެ ރައްޔިތުންނާއި ރައްވެހިންނަށް ދުއްތުރާ ކުރުން ނޫން ކަމެއް ނުކުރައްވާކަމަށެވެ.

"ދެ ވެރިކަމުގަ ހައުސިން މިނިސްޓަރުކަން ނިންމާލެއްވީ މަގުމަތި ކޮށްލި ގުޅީފަޅުން ބޯހިޔާވަހިކަން ލިބުނު ފަރާތްތަކަށް ހައްލެއް ނުދެވި" އަނަސް ވިދާޅުވެފައިވެއެވެ.

މިގެ އިތުރުން އަނަސް ވިދާޅުވީ އެކަމުންވެސް ދައްކުވައިދެނީ މާލެއަށް އޮތް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ޙައްލެއް ގެނެސްދެވޭނެ ޤާބިލްކަން މުއިއްޒު ކިބައިގައި ނެތްކަން ކަމަށެވެ.

މުޢިއްޒު ވަނީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމާއި، ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ވެރިކަމުގައިވެސް ހައުސިން މިނިސްޓަރ ކަން ކުރައްވާފައެވެ.

މީގެ އިތުރުން ކުރިޔަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އަނަސްގެ އިތުރުން މުޢިއްޒުވެސް ދަނީ މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ