އިންޑޮނޭޝިއާއަށް ރޭ ދަންވަރު އައި ބާރުގަދަ ބިންހެލުމެއްގައި 34 މީހުން މަރުވެއްޖެއެވެ.
6.2 މެގްނެޓިއުޑް ބާރުމިނުގައި އައި މި ބިންހެލުމާއި ގުޅިގެން އެތައް އިމާރާތެއް ބިމާ ހަމަވެ 100 އަށްވުރެ ގިނަ މީހުންވަނީ ޒަހަމްވެފައެވެ.
އިމާރާތްތަކުގެ ދަށުވެފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު 34 ވުރެއް އިތުރުވެގެންދިއުން އެކަށީގެންވާކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.
އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ސުލަސެވީއަށް އައި މި ބިންހެލުމާއި ގުޅިގެން މަމުޖޫ ސިޓީގެ ފަސްބުރީގެ ހޮސްޕިޓަލެއް ކަމަށްވާ މިޓްރާ މަނަކައްރައިގެ އެއްބައިވަނީ ބިމާ ހަމަވެފައެވެ. ބިންހެލުމާއި ގުޅިގެން ހޮސްޕިޓަލުގެ އެއްބައި ވެއްޓުމުން އަށް މީހަކު މަރުވެފައި ވެއެވެ.
އިންޑޮނޭޝިއާއަކީ ބިންހެލުން އައުން ގިނަ ގައުމެކެވެ. މިގޮތުން 2018 ވަނަ އަހަރު އިންޑޮނޭޝިއާއަށް އައި މިފަދަ ބާރުގަދަ ބިންހެލުމެއްގައި 2،000 ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.