އުތުރު ކޮރެއާއިން އެގައުމުގެ އަސްކަރީ ގާބިލުކަން ދައްކާލުމުގެ ޕެރެއިޑެއްގެ ތެރެއިން މުޅިން އާ މެސެއިލެއް ދައްކާލައިފިއެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ހަތިޔާރުގެ ގޮތުގައި އުތުރު ކޮރެއާގެ ރަސްމީ މީޑިއާއިން ސިފަކޮށްފައިވާ މި މެސެއިލްގެ ހަތަރު މެސެއިން ކަޅާ ހުދުގެ ކުލައިގައިވަނީ ޕެރޭޑުގައި ދައްކާލައިފައެވެ.
ސަބްމެރިން-ލޯންޗްޑް ބެލެސްޓިކް މި މެސެއިލްތަކުގެ ކުޅަދާނަކަން އަދި ހާމަވެފައި ނުވާއިރު މި މެސެއިލް ތަކަކީ އަދި ޓެސްޓު ކުރިކަންވެސް އެގައުމުން ހާމަކޮށްފައިވާ މެސެއިލް ތަކެއް ނޫނެވެ. އުތުރު ކޮރެއާއަކީ މިފަދަ އެކި ހަތިޔާރު ހެދުމަށް ބޮޑެތި ހޭދަތަކެއް ކުރާ ގައުމެކެވެ.

އުތުރު ކޮރެއާއިން އަސްކަރީ ޕެރޭޑެއް ބާއްވައިފައި މިވަނީ އެމެރިކާގެ އާ ރައީސްކަމަށް ޑިމަކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ހުވާކުރައްވާ ދުވަސް ކުޑަތަން ވެފައި ވަނިކޮށެވެ. މިހާރު އެމެރިކާގައި ހުއްނެވި ރިޕަބްލިކަން ޕާޓީގެ ރައީސް ޑޮނަލްޑް ޓުރަމްޕަކީ އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް އުންގ އާއެކު ގިނަ ބައްދަލުވުންތަކެއް ބޭއްވި ބޭފުޅެކެވެ.




