މާވެލް ސިނަމެޓިކް ޔުނިވާސްގެ ފިލްމްތަކުގެ "ކެޕްޓަން އެމެރިކާ"ގެ ރޯލުން ކްރިސް އެވަންސް އެނބުރި އަންނާނެކަމަށް ބުނެ ވޭތުވެ ދިޔަ ދުވަސްތަކުގައި ވަރަށް ގަދަޔަށް އެވާހަކަ ދެކެވިގެންދިޔައެވެ.
މާވެލްގެ ފޭސް 4 ގެ އެންމެ ފަހު ފިލްމް "އެވެންޖާސް: އެންޑް ގޭމް" އަށްފަހު ކްރިސް އެވަންސް ދެން މި ރޯލުން އެނބުރި ނާންނެކަން ފިލްމުން ވަނީ ދައްކުވައިދީފައެވެ.
ނަމަވެސް ކްރިސް މި ރޯލަށް އެނބުރި އައުމަށް މޭވަލް އާއި ވާހަކަ ދެކެވެމުންދާކަމަށެ ބުނެ ފަހަކަށް އައިސް ޙަބަރުތައް ފެތުރިފައިވަނިކޮށް، ކްރިސް ވަނީ މި ވަނީ ޙަބަރުތައް ދޮގުކޮށްފައެވެ.
News to me????????♂️
— Chris Evans (@ChrisEvans) January 14, 2021
އެގޮތުން މި ވާހަކަތައް ދޮގުކޮށް، ކްރިސް ވަނީ ޓްވީޓެއް ކޮށްފައެވެ.
ނަމަވެސް މީޑިއާތަކުގައި މީގެ ކުރިން ރިޕޯޓުކޮށްފައިވާގޮތުގައި، ކެޕްޓަން އެމެރިކާގެ ރޯލުން ކްރިސް އަދި އެއްފަހަރު ފެންނާނެއެވެ.
ކެޕްޓަން އެމެރިކާގެ ރޯލުން ކްރިސް ފެނިދާނެ ކަމަށް ދޭހެވާގޮތަށް ކްރިސްވެސް މީގެ ކުރިން ވަނީ ވާހަކަދައްކާފައެވެ.




