ރެއަލްމެޑްރިޑަށް ކުޅެމުންއައި ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭޒް ރޮޑްރިގޭޒް އެވަޓަންއާއި ގުޅިއްޖެއެވެ.
އުމުރުން 29 އަހަރުގެ ހަމޭސް އެވަޓަންއާއި ގުޅިފައިވަނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެވަޓަންއިން ރަސްމީކޮށް ހަމޭސް ދައްކާލާފައިވާއިރު، އެރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހަމޭސް ބުނީ، އެވަޓަން ކަހަލަ ރަނގަޅު ތާރީޚެއް އޮތް ކަލަބަކަށް އާދެވުމުން ވަރަށް އުފާވާކަމަށެވެ. އަދި ކްލަބުގެ ކޯޗަކީ ހަމޭސް ރަނގަޅަށް ދަންނަ ކޯޗަކަށްވާއިރު، އެވަޓަންއާއި ގުޅިގެން ކުޅުން އިތުރަށް ރަނގަޅުކޮށް ވީހާވެސް ގިނަ ކާމިޔާބީއެއް ހޯދަން ބޭނުންވާކަމަށްވެސް ހަމޭސް ބުންޏެވެ.
ހަމޭސް ރެއަލްމެޑްރިޑާއި ގުޅުނީ 2014 ވަނަ އަހަރުގެ ޖުލައި 22 ގަައެވެ. މޮނާކޯ ދޫކޮށް ރެއަލްމެޑްރިޑާއި ހަމޭސް ގުޅުނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ މަޤާމު ޙާސިލްކުރުމަށްފަހުގައެވެ. ރެއަލްމެޑްރިޑާއެކު ދެ ޗެމްޕިއަންސް ލީގާއި އެއް ލަލީގާ ހަމޭސް ކާމިޔާބުކުރުމަށްފަހު، ލޯނު އުސޫލުން ޖަރުމަނުގެ ބަޔާން މިއުނިކަށް ހަމޭސް ބަދަލުވީ 2017 ވަނަ އަހަރުއެވެ. އަދި ބަޔާންގައި ދެ ސީޒަން ހޭދަކޮށްފައިވާއިރު، އެދެސީޒަންގައިވެސް ބަޔާންއާއެކު ޖަރުމަނު ބުންޑެސްލީގާ ހަމޭސްވަނީ ކާމިޔާބުކޮށްފައެވެ.
?? | It's official... @jamesdrodriguez is a Blue! ?#AlóJames pic.twitter.com/hNDsLvtqtT
— Everton (@Everton) September 7, 2020
އަދި 2019 ވަނަ އަހަރު އެނބުރި ރެއަލްމެޑްރިޑަށް ހަމޭސް އައިސްފައިވާއިރު މިދިޔަ ސީޒަންގައި ރެއަލްމެޑްރިޑަށް އޭނާ ކުޅެފައިވަނީ އެންމެ 14 މެޗުގައެވެ. އަދި މިދިޔަ ސީޒަންގެ ސްޕެނިޝް ލަލީގާގައި 8 މެޗު ކުޅެފައިވާއިރު، 1 ލަނޑު ހަމޭސް ކާމިޔާބުކޮށްފައިވެއެވެ.
މިދިޔަ ޑިސެމްބަރުގައި އެވަޓަންގެ ކޯޗުކަމާއި ޙަވާލުވި، ކާލޮސް އަންޗެލޯޓީ ކްލަބު އަލުން ތައްޔާރުކުރަމުން އަންނައިރު، ހަމޭސްއަކީ އަންޗެލޯޓީގެ މި ޕްރޮގްރާމުގައި ހިމެނޭ ކުޅުންތެރިއެކެވެ. މީގެއިތުރުން ބްރެޒިލްގެ ޤައުމީޓީމަށް ކުޅެމުން އަންނަ ހުނަރުވެރި އަލަން އާއި ވެޓްފޯޑުގެ މެދުތެރެއަށް ކުޅެމުން އަންނަ ފްރާންސްގެ ޑޮކޯރޭވެސް މިޕްރޮގްރާމްގައި ހިމެނެއެވެ.
މިއީ އަންޗެލޯޓީ ރޮޑްރިގޭޒް އޭނާގެ ޓީމަށް ގެނައި ތިންވަނަ ފަހަރެވެ. ހަމޭސް ރެއަލްމެޑްރިޑަށް އަދި ބަޔާން މިއުނިކަށް ގެންދިޔައީވެސް އަންޗެލޯޓީގެ ކޯޗުކަމުގެ ދަށުންނެވެ.




