7 ދިވެހިންނާއެކު ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް ހަރަކާތްތެރިވަނީ

7 ދިވެހިންނާއެކު ދަތުރު ކުރި ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ސ. ހިތަދޫއިން 7 ދިވެހިންނާއެކު މަހަށްފުރި ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފް ސައުތް އޭރިޔާ ކޯސްޓްގާޑް ސްކޮޑްއިން ހަރަކާތްތެރިވަމުން ދާކަމަށެވެ.

މި ލޯންޗަކީ "ބްލެކް ހެރޮން" ނަމަކަށް ކިޔާ ލޯންޗެކެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު ހަވީރު 5:13 ހާއިރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ދިޔަވަމުންދާ ލޯންޗް ހިތަދޫއަށް ވެއްދުމަށް ސިފައިން ހަރަކާތްތެރިވަމުންދާކަމަށާއި، މި ލޯންޗްއާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ލޯންޗްވެސް ދަނީ ދަތުރު ކުރަމުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި މި ލޯންޗް ދިޔަވާން ފެށީ ސ. ހިތަދޫ ކައިރިޔަށް މަހަށް ނިކުމެ އުޅެނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ