ނަވަލްނީ ރަޝިއާއަށް ދިއުމާއެކު ހައްޔަރުކޮށްފި

ރަޝިއާގެ އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީ ރަޝިއާއަށް ދިއުމާއެކު ހައްޔަރުކޮށްފިއެވެ.

ނަވަލްނީ ރަޝިއާގެ މޮސްކޯއަށް އިއްޔެ ގޮސްފައިވަނީ މިދިޔައަހަރު އޭނާއަށް ކެމިކަލް ހަތިޔާރެއް ކަމަށްވާ ނޮވިޗޮކް ގުރޫޕުގެ ވިހައެއް ދިނުމާއި ގުޅިގެން ޖަރުމަނުގައި ފަރުވާ ހޯދުމަށް ފަހުއެވެ. ނަވަލްނީ ތުހުމަތު ކުރާ ގޮތުގައި ވިހަ ދިނުމުގެ ފަހަތުގައިވަނީ ރަޝިއާގެ ރައީސް ވުލަޑިމިއަރ ޕުޓިންއެވެ.

ނަވަލްނީ ރަޝިއާއަށް ދިއުމާއެކު ހައްޔަރުކޮށްފައިވަނީ، އޭނާގެ މައްޗަށް 2014 ވަނަ އަހަރު ސާބިތުވި ހިޔާނާތުގެ މައްސަލައަކަށް ފަހު ކުރި ހުކުމާ ގުޅިގެން ކަނޑައެޅި  ކަނޑައެޅި "ޕްރޮބޭޝަންގެ ޝަރުތުތަކަކާ" ހިލާފުވެފައިވާ ވާތީކަމަށް ރަޝިއާގެ ޕްރޮސިކިއުޓަރުން މައުލޫމާތު ދެއެވެ.

30 ދުވަހުގެ މުއްދަތަށް ނަވަލްނީ ބަނދު ކޮށްފައިވާއިރު، އޭނާ ބުނެފައިވަނީ މިއީ ކުރި ޖެއްސުމެއް ކަމަށާއި އޭނާ އަށް ތާއީދުކުރާ އެންމެހާ ފަރާތްތަކުން މަގުތައް މައްޗަށް ނިކުމެ މުޒާހަރާ ކުރުމަށް ގޮވާލާ ކަމަށެވެ.

ނަވަލްނީއަށް ތާއީދުކުރާ ފަރާތްތަކުން ނަވަލްނީގެ އިންތިޒާރުގައި އެއާޕޯޓު ބޭރުގައި

ނަވަލްނީ އިއްޔެ ރަޝިއާއަށް އައިސްފައިވާއިރު އޭނާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓުގެ ބޭރަށް ޖަމާވެފައި ވެއެވެ. ނަމަވެސް، ފްލައިޓު ޖައްސަން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށް "ޓެކްނިކަލް ސަބަބުތަކާ" ހެދި އެ ފްލައިޓު ޑައިވާޓު ކޮށް ޖައްސައިފައިވަނީ އެހެން އެއާޕޯޓަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ